Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

މަސްއޮޑި މަސްއޫދު މަރުވެއްޖެ

ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ މަސްއޫދު މޫސާ ދީދީ މަރުވެއްޖެ އެވެ.

މަސްއޫދު މަރުވީ މިއަދުގެ ވަގުތެއްގައި އިންޑިއާގަ އެވެ.

މަސްއޫދަކީ މަޝްހޫރު އެތައް އަމިއްލަ ރާގުތަކެއް އުފައްދައި ރީތި ލަވަތަކެއް ކިޔާފައިވާ ފަރާތެކެވެ. އޭގެތެރެއިން ވެސް "ދީފާ ހިތާމޭ އާދޭސް ކުރީމޭ" އަކީ އާއްމުންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ލަވައެކެވެ.

އާއްމުންނާ ހަމައަށް މަސްއޫދުގެ ހުށަހެޅުމެއް 2017 ގެ ފަހުކޮޅު "ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް" އިން އިސްނަގައިގެން އޮލިމްޕަހުގައި ބޭއްވި ހާއްސަ ޝޯއަކުން ވަނީ ފެނިގެން ގޮސްފަ އެވެ.