Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

"އީޒީ މިނީ" ގައި އަލިފާނުގެ ހާދިސާއެއް

ފޭދޫ ލިލީ މަގުގައި ހުންނަ "އީޒީ މިނީ" ފިހާރައިގައި ރޭ ދަންވަރު އަލިފާން ރޯވެ އެކިވަރުގެ ގެއްލުން ވެއްޖެއެވެ.

އީޒީ މިނީ ފިހާރައިން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ދަންވަރު 3:30 ހާއިރު ފިހާރައިގައި ރޯވިކަން އެގުނީ ޖެހިގެން ހުރި ގޭގެ ތެރެއަށް ދުމުގެ އަސަރުކޮށްގެން އެގޭގެ މީހުން ހޭލައިގެން ބެލުމުން ކަމަށެވެ. އަދި އެގޭގެ މީހުން ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން އަލިފާންގަ ކޮންޓްރޯލް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.
10959749_10152617695386625_6095779178782797831_n

މިހާދިސާގައި ފިހާރައިގައި ބޭނުންކުރާ ލިޔެކިއުމުގެ ސާމާން އާއި ބައެއް ތަކެތި ވަނީ އަނދާފައެވެ.

ފިހާރައިން ވާހަކަ ދެއްކި މީހާ ބުނީ އަލިފާން ރޯވެފައިވަނީ ކަރަންޓް ޝޯޓަކުން ކަމަށް ބެލެވޭ ކަމަށެވެ. އަދި މީ ބަޔަކު ހިންގި އަމަލެއް ކަމަށް ނުބެލެވޭ ކަމަށެވެ.