Last Updated: May 17, 11:50
Friday, May 17, 2024
ޚަބަރު

ކޯލިޝަން ޑީލެއް ބޭނުމެއް ނޫން: މުއިއްޒު

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އިތުރު ބަޔަކާ އެކީ ކޯލިޝަން ޑީލަކަށް ދާން ބޭނުން ނުވާ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ފުރުތަމަ ބުރުގައި 100،000 އަށް ވުރެ ގިނަ ވޯޓް ހޯއްދެވި މުއިއްޒުގެ ކޯ-ޓީމާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ ދެ ވަނަ ބުރު ފަސޭހައިން ކާމިޔާބުވާނެ ކަމަށާއި ކޯލިޝަން ޑީލެއް ބޭނުން ނޫން ކަމަށެވެ. ނަމަވެސް ކޯލިޝަން ހަދަން އެހެން ޕާޓީތަކަށް ދައުވަތު ދެއްވާ ކަމަށް ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު މުއިއްޒު ވިދާޅުވެފައިވެ އެވެ.

މުއިއްޒުގެ ޓީމުގެ މެމްބަރަކު ވިދާޅުވީ އޭނަ ހުންނެވީ ވަރަށް "ކޮންފިޑެންސް" ގައި ކަމަށާއި ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވާ ކަމަށެވެ.

"މުއިއްޒު މީޓިންގައި ވިދާޅުވީ ކޯލިޝަން ޑީލަކަށް ދާން ޝައުގެއް ނެތް ކަމަށް. އަދި ވިދާޅުވީ އަމިއްލަ އަށް އަންނަ ބަޔަކާ ގުޅުނަސް އެ ބަޔަކާ އެކު ޑީލަކަށް ނުދާނެ ކަމަށް." ޓީމުގެ ބޭފުޅާ ވިދާޅުވި އެވެ.

މުއިއްޒު އިންތިހާބަށް ނުކުންނެވި ޕީޕީއެމް/ޕީއެންސީ ކޯލިޝަނާ އެކީ ޑީލަކަށް ގޮސްފައި ވަނީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފެވެ. އެ ޖަމިއްޔާގެ ރައީސަކީ މުއިއްޒުގެ އަނބިކަބަނބަލުން ސާޖިދާގެ ކޮއްކު އަބްދުﷲ މުހައްމަދު އެވެ. އަދި ސަލަފުގެ ވެރިއަކީ ސާޖިދާގެ ބޮޑު ބޭބެ މުހައްމަދު ލަތީފެވެ.

ސަލަފުން މުއިއްޒަށް ތާއިދު ކުރަނީ އެ ޖަމިއްޔާ އިން ބޭނުންވާ ފަދަ އިސްލާމިކް މިނިސްޓްރީއެއް ހެދުމަށާއި އެޑިއުކޭޝަން މިނިސްޓްރީ ދިނުމަށް ޝަރުޠުކޮށް ކަމަށް އެނގިފައިވެ އެވެ.