Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

ވަގުތީ ނަތީޖާ: ރައީސަށް 39.05، މުއިއްޒަށް 46.06 ޕަސެންޓް

ފޮޓޯ: އަދަދު

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާއިރު އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެއް އިތުރަށް ވޯޓު ލިބިފައެއް ނުވެއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ:
1. ޑރ. މުހައްމަދު މުއިއްޒު؛ 101،613 ވޯޓު، 46.06 އިންސައްތަ
2. އިބްރާހިމް މުހައްމަދު ސޯލިހް؛ 86،151 ވޯޓު، 39.05 އިންސައްތަ
3. އިލްޔާސް ލަބީބް؛ 15،835 ވޯޓު، 7.18 އިންސައްތަ
4. އުމަރު ނަސީރު؛ 6341 ވޯޓު، 2.87 އިންސައްތަ
5. ޤާސިމް އިބްރާހިމް؛ 5460 ވޯޓު، 2.47 އިންސައްތަ
6. އަހުމަދު ފާރިސް މައުމޫން؛ 2979 ވޯޓު، 1.35 އިންސައްތަ
7. މުހައްމަދު ނާޒިމް؛ 1907 ވޯޓު، 0.86 އިންސައްތަ
8. ހަސަން ޒަމީލް؛ 327 ވޯޓު، 0.15 އިންސައްތަ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރީ-ރަޖިސްޓްރޭޝަނަށް ދޭން ނިންމާފައި ވަނީ ދެ ދުވަސް ކަމަށާއި މި މަހުގެ މެދު ތެރޭގައި އެކަމަށް ހުޅުވައިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.