Last Updated: June 8, 11:47
Monday, June 8, 2026
ޚަބަރު

ހިތަދޫ ރައްޔިތުންނާ މިރޭ ބައްދަލު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން ހިތަދޫގެ ރައްޔިތުންނާއި ބައްދަލުކުރުން މިރޭ އޮންނާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

މިރޭގެ ބައްދަލުވުމާ ބެހޭ ގޮތުން ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ މި ބައްދަލުވުމަކީ ކައުންސިލުން ހިތަދޫގެ ރައްޔިތުންނާ ބައްދަލުކޮށް އެބޭފުޅުންގެ އިހުސާސް ތަކާއި ބޭނުންތައް ދެނެގަތުމާއި ،ކައުންސިލަށާއި ރައްޔިތުންނަށް ދަތިވާކަންތައްތައް ދެނެގަނެ އެކަންކަން ހައްލުކުރެވޭތޯ ކުރެވެން އޮތް ކަންތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ ބޭނުމުގައި ބާއްވާ ބައްދަލުވުމެއް ކަމަށެވެ.

ކައުންސިލްގަ ފަރާތުން ކޮށްފައިވާ އިއުލާންގައި ވާގޮތުން ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ސ.ހިތަދޫ ޝަރަފުއްދީން ސްކޫލުގައެވެ. މި ބައްދަލުވުމުގައި ހިތަދޫގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަށް އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެދިލައްވައެވެ.