Last Updated: August 15, 10:40
Friday, August 15, 2025
ޚަބަރު

ރައީސް އެމްޑީޕީ ޤައުމީ މަޖިލީހާ ބައްދަލުކުރައްވައިފި

ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވާފައިވާއިރު މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭކަންކަން އަދި ސާފެއްނުވެއެވެ. އެހެންނަމަވެސް ގަބޫލުކުރެވޭ ގޮތުގައި މި ބައްދަލުވުމުގައި ރިޔާސީ އިންތިހާބާ ގުޅޭގޮތުން އަދި ދެވަނަ ބުރަށް ތައްްޔާރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާއިރު ރައީސް ސޯލިހަށް އިންތިހާބުގައި ލިބުނީ ދެވަނައެވެ. އެމަނިކުފާނަށް 86،151 ވޯޓާއެކު ލިބުނީ 39.05 އިންސައްތައެވެ. އެންމެ ގިނަ ވޯޓޫ ހޯއްދެވި ޑރ. މުހައްމަދު މުއިއްޒު ވަނީ 101،613 ވޯޓާއެކު 46.06 އިންސައްތަ ހޯއްދަވާފައެވެ.

ރައީސް ސޯލިހް މިއަދު ވިދާޅުވީ ވަރަށް ގިނަ މިސްޓޭކްސް ހެދިފައިހުރި ކަމަށާއި އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުދިޔަ ޕާޓީތަކާއެކު ވާހަކަ ދައްކަަމުންދާ ކަމަށާއި، އެކުގައި ކުރިއަށްދާނެ ކަމުގެ ފެހި ސިގުނަލް ދެއްވާފަތިބި ބައެއް ބޭފުޅުން ތިބި ކަމަށެވެ.