Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

ދެވަނަ ބުރަށް ވަރަށް އަވަހަށް ގޮތެއް ނިންމާނަން

ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާމެދު ނިންމާގޮތެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނެއްގައިވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ވޯޓުދެއްވި ފަރާތްތަކަށާއި ކެންޕޭނުގައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކޮށްފައެެ.

ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް ޤައުމުގެ އިސްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ.

"އަދި މިވަގުތު ޤައުމުގެ މަޞްލަޙަތަށްޓަކައި އިންތިޚާބުގެ ދެވަނަ ބުރާ ދޭތެރޭ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ވަރަށް އަވަހަށް އިޢްލާން ކުރާނޭ ވާހަކަ ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދު ކުރައްވާ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ." ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓް ޤާސިމަށް ފަސް ވަނަ ލިބުނީ ވޯޓުލީ ރައްޔިތުންގެ ތެރެއިން 5460 ވޯޓު ލިބިގެންނެވެ. އެއީ ވޯޓުލީ ރައްޔިތުންގެ ތެރެއިން 2.47 އިންސައްތަ ވޯޓެވެ.