Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

ދަރޭ ގޮވައިގެން ސަނީ އެމެރިކާ އަށް

ބައްޕަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ސިއްހީ ފަރުވާއަކަށް އޭނަ ގޮވައިގެން ދޮށީ ދަރިފުޅު ސަނީ ޑިއޯލް އެމެރިކާ އަށް އަށް ފުރައިފި އެވެ.

އިންޑިއާ ޓުޑޭ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޭސް ފަރުވާ އަށް ކުރާ މި ދަތުރުގައި ދެބަފައިން އެމެރިކާގައި 20 ވަރަކަށް ދުވަސް ހޭދަކުރާނެ އެވެ. އެގޮތުން ދަރޭ، 87، ގެ ގިނަ ހެލްތު ޗެކަޕްތަކެއް ހަދާނެ އެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މި ފަހުން ދަރޭ އަށް ސިއްހީ އެކި މައްސަލަަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނަ އެޑްމިޓްކޮށް ފަރުވާ ވެސް ދީފައިވެ އެވެ.

ހިންދީ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރޭގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ޖުލައި މަހު ރިލީޒްކުރި ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ޖަހާނީ" އެވެ. އޭނަ އަށް މި ފަހުން ގިނަ ފިލްމުތަކުން ފުރުސަތުތައް ލިބެ އެވެ.

ދަރޭގެ ދޮށީ ދަރި، ސަނީ، 66، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކޮށް ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި "ގަދަރު 2" އެވެ.