އައްޑޫ ސިޓީގެ ބައެއް ރަށް ރަށަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަތައް ހައްލު ކުރުމާ ގުޅޭ މަސައްކަތްތައް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.
މި މަސައްކަތާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓްރީގެ ކޮންސަލްޓެންސީ ޓީމެއް ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށްގިރާ ސަރަހައްދުތަކާ ބެހޭ ގޮތުން މިހާތަނަށް އެއްކުރެވިފައި ހުރި ސާފު މައުލޫމާތުތައް މިނިސްޓްރީ އާ ހިއްސާ ކުރަން އެދިފަ އެވެ
އައްޑޫގައި އެންމެ ބޮޑަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައި ވާ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ މި ތިން ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ނެދަލޭންޑްސްގެ ސަރުކާރުން ހިލޭގެ ގޮތުގައި ދޭ 19.5 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ޑިސެމްބަރު 11، 2014 ގައި ވަނީ ސޮއިކޮށްފަ އެވެ.
2016 ވަނަ އަހރު ކުރީކޮޅު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވާއިރު މި މަސައްކަތުގެ ކޮންސަލްޓެންސީ ދިނުމަށް ނެދަލޭޑްސްގެ ރޯޔަލް ހަސްކޮނިން ޑީއެޗްވީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެސް ވަނީ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ.