Last Updated: May 17, 23:08
Saturday, May 17, 2025
ޚަބަރު

ވެލިދޫ ޖޫނިއާ ކޮލެޖް ހަދަން ފަށައިފި

ނ. ވެލިދޫގައި ސަރުކާރުން ތަރައްޤީ ކުރަން ނިންމާފައިވާ ޖޫނިއަރ ކޮލެޖުގެ ޢަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ވެލިދޫ ޖޫނިއަރ ކޮލެޖުގެ ޢަމަލީ މަސައްކަތް އެމްޓީސީސީން ފެށީ، މިމަހުގެ 5 ވަނަ ދުވަހުއެވެ. މިމަސައްކަތަށް ބޭނުންވާ ސާމާނު ވެލިދޫއަށް މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ވަނީ ގެންގޮސްފައެވެ.


އެމްޓީސީސީން ބުނެފައިވަނީ ނ. ވެލިދޫ ޖޫނިއަރ ކޮލެޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 17 އޯގަސްޓް 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 10,276 އަކަ ފޫޓުގެ ސަރަޙައްދެއްގައި 2 ކްލާސް ރޫމާއި، 2 ވޯރކްޝޮޕާއި، 1 އައިސީޓީ ލެބާއި، 1 ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާ ކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނ. ވެލިދޫ ޖޫނިއަރ ކޮލެޖްގެ މަޝްރޫއަކީ 11.9 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ސަރުކާރުން ހިންގާ މަޝްރޫޢެކެވެ.