Last Updated: June 28, 17:09
Sunday, June 28, 2026
ޚަބަރު

މާލެ-ހުޅުމާލެ އިން މިއަދު ކަރަންޓު ކެނޑިދާނެ

މިއަދު މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދަކުން ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގޭގެ ކޮމަން ކޮންޓްރޯލް ސިސްޓަމްގެ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް މިއަދު ހެނދުނު 9 އިން 11 އަށް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަސައްކަތް ކުރިއަށްދާއިރު މާލެއާ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.