Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ވަގުފު އިމާރާތް ޑިޒައިން ކުރަން ހަވާލުކޮށްފި

އިސްލާމިކް މިނިސްޓްރީ އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އައްޑޫގައި އިމާރާތް ކުރަން ނިންމާފައިވާ ވަގުފު އިމާރާތް ޑިޒައިން ކުރަން އެސް ޕްލަސް އާކިޓެކްޓްސް އާ ހަވާލުކޮށްފިއެވެ.

ވަގުފު އިމާރާތް ޑިޒައިން ކުރުމުގެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބެވެ. އަދި އެސް ޕްލަސް އާކިޓެކްޓްސްގެ ފަރާތުން ސޮއި ކުރެއްވީ ޝައްމޫން ފުއާދެވެ. މި އެއްބަސްވުމުގެ ދަށުން ވަގުފު އިމާރާތުގެ ކޮންސެޕްޓް ޑިޒައިން ހަތް ދުވަހުގެ ތެރޭގައި ކައުންސިލަށް ހުށަހަޅައި ޑީޓެއިލް ޑްރޯވިން 45 ދުވަހުގެ ތެރޭގައި ކައުންސިލަށް ހުށަހަޅަން ޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ވަގުފު އިމާރާތް ބިނާ ކުރާނީ ޖިއްދާގައި ހުންނަ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) އިން ލިބޭނެ ކަމަށް ބެލެވޭ 5 މިލޔަން ރުފިޔާ އިންނެވެ.