Last Updated: July 23, 13:11
Thursday, July 23, 2026
ޚަބަރު

ހުޅުމާލެ ގެއެއްގެ ޓެރަސްގައި އަލިފާން ރޯވެއްޖެ

ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުޅުމާލެ އަމީން އެވެނިއު ކައިރީގައި ހުރި ގެއެއްގެ ޓެރަސްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާގުޅިގެން ހުޅުމާލެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ 08:39 ގައި ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ރޯވެފައިވަނީ ޓެރަސްގައި ޓިނުން ހަދާފައި ހުރި ތަނެއްގައި ކަމަށެވެ. އަދި މިހާރު އަލިފާންގަނޑުގެ 90% ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.