ޔޫއޭއީގެ މަޝްހޫރު އެއާލައިން އިއްތިހާދު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރަކަށް ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކައިފް އަލުން ހަމަޖައްސައިފި އެވެ.
މީގެ ކުރިން ވެސް އޭނަ ވަނީ އެއާލައިންގެ އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފަ އވެެ. އެ ފުރުސަތު ކެޓްރީނާ އަށް ފުރަތަމަ ލިބުނީ 2010 ހަ އެވެ. އޭގެ އަހަރުތަކެއް ފަހުން ޖެޓްރީނާ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސައި އެކަން ރަސްމީކޮށް އިއުލާންކޮށް، އިއްތިހާދު އެއާވޭސް އިން މިހާރު ވަނީ ކެޓްރީނާ ހިމަނައިގެން ޕްރޮމޯޝަނަލް ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.
ބޮލީވުޑްގެ އެންމެ މަޝްހޫރު ބަތަލާއިންގެ ތެރޭގައި ހިމެނޭ ކެޓްރީނާ އަށް އަލުން މި ލިބުނު ފުރުސަތު ލިބިފައިވާތީ އިއްތިހާދު އެއާވޭސް އިޝްތިހާރު ކުރަން ވަރަށް އިސް ރޯކެއް އަދާކުރާނެ އެވެ. ހާއްސަކޮށް އިންޑިއާ މީހުންގެ މެދުގަ އެވެ. އިއްތިހާދު އެއާވޭސް އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް އެއާލައިނެވެ.
އެ އެއާލައިންގެ އެމްބެސެޑަރުކަން ކެޓްރީނާ އަށް ލިބުނު އިރު އޭނަ އަކީ މިހާރު ވެސް ގިނަ ބްރޭންޑްތައް އެންޑޯޒްކޮށްދޭ، އަދި ބްރޭންޑްތައް އިޝްތިހާރުކޮށްގެން ބޮޑު އާމްދަނީއެއް ވެސް ލިބޭ ބަތަލާއެކެވެ. އެކްޓަރު ވިކީ ކޯޝަލްގެ އަންހެނުންގެ ކުރިއަށް އޕތް ފިލްމަކީ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައުވާ ސަލްމާން ޚާންގެ "ޓައިގާ 3" އެވެ.
އިއްތިހާދު އެއާވޭސްގެ އެމްބެސެޑަރަކަށް ކެޓްރީނާ ހަމަޖެއްސި އިރު، އިންޑިއާގެ ބަތަލާ މަޝްހޫރު ދީޕިކާ ޕަދްކޯން އަކީ ގަތަރު އެއާވޭސްގެ ބްރޭންޑް އެމްބެސެޑަރެކެވެ. އެކަން އިއުލާންކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.