ސ.ހިތަދޫ ޔޫތު ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގެ ފަރާތުން ކުރިއަށް އެބަގެންދެއެވެ.
1.2 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭ މި މަސައްކަތް އެމްއާރްޑީސީގެ ފަރާތުން އަމަލީ ގޮތުން މިހާރު ފަށައި، ޔޫތު ސެންޓަރުގެ ގޯތިތެރެ ވެސް އެއްކޮށް ސާފުކޮށް ނިންމައިފަ އެވެ.
އެމްއާރްޑީސީން މައުލޫމާތު ދިން ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރާނީ ޕްރޮޖެކްޓް ނިންމުމަށް ދީފައިވާ 90 ދުވަހުގެ މުއްދަތުގެ ކުރިން ޔޫތު ސެންޓަރުގެ މަރާމާތު ނިންމާލުމަށެވެ.
ޔޫތު ސެންޓަރު މަރާމާތު ކުރަން އެމްއާރްޑީސީ އާ ހަވާލުކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޔޫތު ސެންޓަރު އަމިއްލަ ފަރާތަކާ ހަވާލުކޮށްފައި ވަނިކޮށް އެތަން އަލުން ސަރުކާރަށް ނެގުމަށްފަހުއެވެ.