ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ފްލީޓަށް އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.
އެ ކުންފުނިން ބުނީ އަލަށް ގެނައި ބޯޓާ އެކީ ފްލީޓްގެ އަދަދު މިހާރު 63 އަށް އަރާފައިވާ ކަމަށެވެ. ޓީއެމްއޭ އަށް މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް ބޯޓެއް ގެނެސްފައިވެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި އާ ބޯޓް ރާއްޖެ އައީ އިއްޔެ އެވެ. އަދި ވަރަށް އަވަހަށް ފްލީޓަށް 64 ވަނަ ބޯޓެއް އިތުރުވާނެ އެވެ.
ޓޫރިޒަމަށް ބިނާވެފައި އޮތް ރާއްޖެ އަށް ސީޕްލޭންގެ ހިދުމަކީ ވަރަށް މުހިއްމު ހިދުމަތެކެވެ. މި ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާވަމުން އަންނަ އިރު، ޓީއެމްއޭ އަކީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރެވެ.
ޓީއެމްއޭގެ ގެހިދުމަތްދޭތާ މި އަހަރަށް ވަނީ 30 އަހަރުވެފަ އެވެ. އެ ކުންފުނީގެ ހިދުމަތް ފެށީ 1993 ގަ އެވެ.