Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

އިންތިހާބީ ކޮރަޕްޝަންގައި ހުޅުމާލެ ގޯތި މައްސަލަ

އޭސީސީގެ މެމްބަރުން-

ރިޔާސީ އިންތިހާބާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާގުޅޭ މައްސަލައެއް ހިމެނޭތީ އެ މައްސަލަވެސް ބަލަމުން ގެންދާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން ބުނެފައިވަނީ ރިޔާސީ އިންތިޚާބާއި ގުޅިގެން އިންތިހާބީ ކޮރަޕްޝަންގެ މައްސަލަތަކުގެ ގޮތުގައި މިއަދާހަމައަށް ޖުމްލަ 29 މައްސަލަ / ޝަކުވާ ލިބިފައިވާ ކަމަށެވެ.

މި މައްސަލަތަކުގެ ތެރެއިން 7 މައްސަލައެއް ތަހުޤީގުކުރަންޖެހޭ ކަމަށް ފެންނާތީ އެ މައްސަލަތަކުގެ ތަހުޤީގު މިހާރު ފަށާފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ. އޭގެ ތެރޭގައި ދައުލަތުގެ މުދާލާއި ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ރިޝްވަތާ ގުޅުހުންހުރި މައްސަލަ ހިމެނޭ ކަމަށް މައުލޫމާތު ދީފައިވެއެވެ.

"މީގެ އިތުރުން ކޮމިޝަނަށް ހުށައެޅި ބަލަމުންގެންދާ މައްސަލަތަކުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރި ގޮތާއި، ގުރުއަތުލުން ކުރިއަށްގެންދިޔަ ގޮތާގުޅޭ މައްސަލައެއްވެސް ކޮމިޝަނުން ދަނީ ބަލަމުންނެވެ." އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން އޭސީސީން ބުނެފައިވަނީ މި މައްސަލަތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. ބައެއް ފިޔަވަޅުތައް އެޅޭނީ ބައެއް ކަންކަން ދެނެގަނެ ކަށަވަރުކުރެވިގެން ކަމަށާއި، ކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.