Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

ކަލައިދު އާއި ދަނބިދޫ ކޯޒްވޭ ހަދަން ތައްޔާރުވެއްޖެ

ލ. ކަލައިދޫ – ދަނބިދޫ ކޯޒްވޭ ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 10 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް ވަނީ މޮބިލައިޒް ކޮށްފައިވާ ކަަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 42,624 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 271 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 752 މީޓަރުގެ ސްކައުރިންގ އޭޕްރަން ހެދުމާއި، 315 މީޓަރުގެ ބްރިޖެއް ހެދުމާއި، 714 މީޓަރުގެ ރީޓެއިނިންގ ފާރެއް ހެދުމާއި، 7,266 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 144.38 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.