ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓްތަކަށް ކުރިމަތިލި ފަރާތްތަކުގެ ދާއިމީ ލިސްޓް އަންނަ ހަފްތާގައި، އާންމު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވަނީ އަންނަ ހަފްތާގައި ލިސްޓް އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަން ޔަޤީން ކޮށްދެއްވާފައެވެ. މީގެ އިތުރުން އާންމު ކުރި ވަގުތީ ލިސްޓަަށް ހުށަހެޅި ޝަކުވާތަކަށް ދެވިފައިވާ ޖަވާބު މިހާރު ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް ޕްލޭނިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.
ގެދޮރުވެރިޔާ ސްކީމުގެ ވަގުތީ ލިސްޓާއި ގުޅިގެން ހުށަހަޅުއްވި ޝަކުވާތަށް މިމިނިސްޓްރީން މިގެންދަނީ ބަލަމުންނެވެ. ޝަކުވާ ބެލުމަށްފަހު ސްޓޭޓަސްއަށް އައި ބަދަލް މިހާރު ޕޯރޓަލްއިން ފެންނާނެއެވެ.
— Min.of National Planning, Housing & Infrastructure (@MoNPHImv) September 13, 2023
ދެ ކޮޓަރި އާއި ތިން ކޮޓަރި ހިމެނޭ ވަގުތީ ފްލެޓު ލިސްޓުގައި، ދެ ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި 6،208 މީހުން ހިމެނެ އެވެ. އަދި ތިން ކޮޓަރީގެ ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި 14،489 މީހުން ހިމެނެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ދެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 22 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިޢުލާނުކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ޙާލަތާ ގުޅޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ކުރިއަށް ގެންދާނެ ކަމަށެވެ.
Behind the scenes from our 2 bedroom experience units. Join us for a preview!#bts #behindthescenes #fahidhirulhun #gedhoruveriya #fdc2023 #betterlivingbrighterfuture #AMAN pic.twitter.com/OaTjk7yvQx
— Fahi Dhiriulhun Corporation Limited (@Fdc_mv) September 13, 2023
ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. އޭގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓެވެ. ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވަނީ 4،000 ފްލެޓެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އެންބީސީސީން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.