Last Updated: July 24, 20:27
Friday, July 24, 2026
މުނިފޫހިފިލުވުން

"އަކްއަމޭން 2" ގެ ޓީޒާ ދައްކާލައިފި

މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރަން ނިންމާފައިވާ ހޮލީވުޑްގެ ފިލްމު "އަކްއަމޭން 2" ގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަމުގެ ތެރޭގައި ހިމެނޭ "އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" އަކީ ޑީސީ ފިލްމްސް އާއި ވޯނާ ބްރޮސް އިން 2018 ގައި ގެނެސްދިން ސުޕަހީރޯ ފިލްމު "އަކްއަމޭން" ގެ ދެވަނަ ބައެވެ. މި އަހަރުގެ ޑިސެމްބަރު މަހުގެ 20 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމުގައި ވެސް ޓައިޓްލް ރޯލުން ފެންނާނީ ޖޭސަން މޮމޯއާ އެވެ.

ޖޭމްސް ވަން ޑައިރެކްޓްކޮށްފައިވާ ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޕެޓްރިކް ވިލްސަން، އެމްބާ ހާޑް، ޔަހްޔާ އަބުދުލް-މަތީން އަދި ނިކޯލް ކިޑްމަން ހިމެނެ އެވެ.

"އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" ހަދާފައި ވަނީ 205 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މީގެ ފުރަތަމަ ބައި 200 މިިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އިރު، ބޮކްސް އޮފީހުގައި ފިލްމަށް 1.148 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.

"އަކްއަމޭން އެންޑް ދަ ލޮސްޓް ކިންގްޑަމް" ގެ ރަސްމީ ޓްރެއިލާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލާނެ އެވެ.