ބާތިލް ވޯޓު ގުނައިގެންވެސް އިންތިހާބުގައި މިހާރު އޮތް ނަތީޖާ ބަދަލު ވެދާނެ ކަމަށް ނުބެލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ މިހާރު އާންމުކޮށްފައިވާއިރު، 4835 ވޯޓަކީ ބާތިލް ވޯޓެވެ. މިއީ މީގެ ކުރިން އިންތިހާބުތަކާއިއަޅާ ބަލާއިރު ގިނަ އަދަދެކެވެ. ބާތިލް ގިނަ ވޯޓުތަކެއް މިފަހަރު އިންތިހާބުގައި ހިމެނުމުން އެކަމާއި އެމްޑީޕީގެ ކެމްޕެއިން ސްޕޯކްސްޕާސަން އަދި ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އިންތިހާބު ބާތިލް ވާވަރަށް ބާތިލް ވޯޓު ހުރި ކަމަށެވެ. މީގެ އިތުރުން ބައެއް ފަހަރު ފާހަގަ ޖާހަފާއި، ޔަޤީން ނުވެގެން މަތިންވެސް ފާހަގަ ޖަހާފައި ހުރި ކަމަށާއި އެވެސް ބާތިލް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މާރިޔާގެ މިވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އެންމެ ގިނައިން ވޯޓު ލިބުނު ކެނޑިޑޭޓާއި ދެވަނައަށް ދިޔަ ކެނޑިޑޭޓާއި ދެމެދު މިއިން ފަރަޤެއް ނާންނާނެ ކަމަށެވެ. އަދި 2 ވަނަ އަދި 3 ވަނައަށްވެސް ފަރަޤެއް ނާންނާނެ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން މިކަމުގައި އަޑުގަދަ ކުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވިއެވެ.
With all due respect, it’s a citizen’s fundamental right to have a say by his/ her Vote. It’s an individual right, not a collective right, to be determined by the result. I totally disagree with you Sir! https://t.co/IAIlBS1BxJ
— Mariya Didi 🎈 (@MariyaDidi) September 13, 2023
އިސީގެ ރައީސްގެ މި ޖަވާބަށް މާރިޔާ ވަނީ ދެބަސްވާކަން ހާމަކޮށްފައެވެ. އެގޮތުން ވޯޓު ލުމުގެ ހައްޤަކީ ކޮންމެ މީހަކަށްވެސް ވަކިން ލިބިގެންވާ ހައްޤެއް ކަމަށާއި، އެއީ އިންތިހާބުގެ ނަތީޖާއަކަށް ބުރަވާ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.
މިފަހަރު އިންތިހާބުގައި ބާތިލް ވޯޓު ގިނަ ވުމާއި ގުޅިގެން އެމްޑީޕީގެ ބައެއް ވަޒީރުން އަދި އެކްޓިވިސްޓުން ދަނީ ރައީސް އަށް ލިބެންވީ ބައެއް ވޯޓު ބާތިލްކޮށްފައިވާ ކަމަށް ބުނަމުންނެވެ.