Last Updated: June 15, 06:14
Monday, June 15, 2026
ޚަބަރު

ޔޫސޭގެ ތާއީދު މުއިއްޒަށް

ރާއްޖޭގެ މަޝްހޫރު ފިލްމީ ފަންނާނެއް ކަމަށްވާ ޔޫސުފް ރަފީއު ޔީސޭ) ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތާއީދުކުރަން ނިންމައިފި އެވެ.

ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތުގައި ވެސް ޔޫސޭ ބައިވެރިވި އެވެ. "ދިރިއުޅުމަކީ މިއީ ބާ؟" އިން ދިވެހިންގެ ސަމާލުކަން ހޯދި ޔޫސޭ ވަނީ އޭނަގެ ފޭނުންނާއި އަދި ފޭނުން ނޫން މީހުން ވެސް ދިވެހި ގައުމަށްޓަކައި މުއިއްޒަށް ވޯޓް ދޭން އެދިފަ އެވެ.

ޔޫސޭ އަކީ ރާއްޖޭގެ މަޝްހޫރު ބަތަލާއެއް ކަމަށްވާ މަރިޔަމް ޝަކީލާހެ ފިރިމީހާ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ގަ އެވެ. އެ ބުރުގައި ވާދަކުރައްވަނީ މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.