Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރުން ބުރާސްފަތި ދުވަހު

އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހިތަދޫގެ ރައްޔިތުންނާ ބައްދަލު ކުރަން ރޭ ތާވަލް ކުރި ބައްދަލުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

ރެއަށް ތާވަލް ކުރި ބައްދަލުވުން 19 ވަނަ ދުވަހުގެ ރެއަށް ފަސްކޮށް، އެކަން ކައުންސލްގެ ފަރާތުން އާންމުކޮށް އިއުލާން ކޮށްފައި ވި ނަމަވެސް ބައްދަލުވުން ފަސް ކުރަން ޖެހުނު ސަބަބެއް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްގެ ފަރާތުން ބޭއްވުމަށް ލާޒިމްވާ މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވުމަށް ކައުންސިލްގެ ފަރާތުން އެދިލައްވައެވެ.