އޮންލައިން ޕޮންޒީ ސްކޭމަކާ ގުޅިގެން ބޮލީވުޑްގެ އެކްޓަރު ގޯވިންދާއާ ސުވާލުރަން ކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އިންޑިއާގެ އޮޑިޝާ އިކޮނިކް މިންގު އީއޯއޭޑަބްލިއު) އިން ބުނީ ސޯލާ ޓެކްނޯ އެލައިންސް އެސްޓީއޭ-ޓޯކެން) އާ ކިޔާ ބަޔަކާ ގުޅުން ހުރި 1،000 ކްރޯޑް ރުޕީސްގެ އޮންލައިން ޕޮންޒީ ސްކީމެއްގެ މައްސަލަ މިހާރު ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ސޯލޯ ޓެކްނޯ އިން ގޯއާގައި ބޭއްވި އިވެންޓެއްގައި ގޯވިންދާ ބައިވެރިވެ، އެ ކުންފުނި ޕްރޮމޯޓްކޮށްދޭން ޕްރޮމޯޝަނަލް ވީޑިއޯތަކެއްގައި ވެސް ހިއްސާވެފައިވާ ކަމަށް އީއޯއޭޑަބްލިއު އިން ބުންޏެވެ. އެހެންވެ މިހާރު ފަށާފައިވާ ތަހުގީގުގެ ތެރެއިން ސާފު ކުރަން ބޭނުން ވަނީ އެ ޕޮންޒީ ސްކޭމާއި ގޯވިންދާއާ އޮތީ ކިހާ ވަރެއްގެ ގުޅުމެއްތޯ ސާފުކުރުމެވެ.
ގޯވިންދާގެ އިތުރުން މި މައްސަލާގައި އިތުރު ގިނަ އަދަދެއްގެ ބައެއްގެ މައްސަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
އީއޯއޭޑަބްލިއު އިންސްޕެކްޓަ ޖެނެރަލް ޖޭއެން ޕަންކަޖް ވިދާޅުވީ ގޯވިންދާއާ ސުވާލުކޮށް، އޭނަގެ ބަޔާން ނެގުމަށްޓަކައި އެތަނުހެގެ ޓީމެއް ވަރަށް އަވަހަށް މުމްބާއީ އަށް ދާނެ ކަމަށެވެ. އަދި މިކަމުގެ ނޯޓިސް ވެސް އޭނަ އަށް ފޮނުވާފައި ކަމަށް ވިދާޅުވި އެވެ.
ގަވައިދާ ހިލާފަށް ހިންގަމުން އައި ޕޮންޒީ ސްކީމްގެ ތެރެއިން އިންޑިއާ އާއި އެހެން ވަރަށް ގިނަ ގައުމުތަކުގައި ވެސް އޮންލައިންކޮށް ގިނަ މުއާމަލާތްތަކެއް ހިންގާފައވާ ކަމަށް އީއޯއޭޑަބްލިއު އިން ބުންޏެވެ.
މިހާރު އެއްގޮތަކަށް ވެސް ފިލްމުތަކުން ނުފެންނަ ގޯވިންދާ، 59، އަކީ 90 ގެ ތެރޭގައި ބޮލީވުޑްގައި އެންމެ ވިދި އެކްޓަރުންގެ ތެރެއިން އެކެކެވެ. އޭނަގެ ކެރިއަރުގައި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވެ އެވެ. ދެ ކުދިންގެ ބައްޕަ ގޯވިންދާ ފާހަގަކުރެވުނީ ކޮމެޑީ ރޯލުތަކަށާއި ނެށުމަށް ވަރަށް މޮޅު އެކްޓަރެއްގެ ގޮތުގަ އެވެ.