އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން އެމްއާރްޑީސީ އަށް ދައްކަންޖެހޭ ފައިސާ ކައުންސިލުން ދައްކައިފި ކަމަށް އައްޑޫ ލައިވަށް މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަކުރުމަށް ޝަރުތުކޮށް އައްޑޫ ސިޓީ ކައުންސިލްގެ އޮފިޝަލަކު އައްޑޫ ލައިވަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ކައުންސިލުން އެމްއާރްޑީސީ އަށް ދައްކަން ޖެހޭ ހުރިހާ ފައިސާ އެއް މިއަދު ދައްކާފައިވާ ކަމަށެވެ. ނަމަވެސް ދައްކާފައިވާ ފައިސާގެ އަދަދެއް ސާފު ނުވާކަމަށެވެ.
އެމްއާރްޑީސީ އިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި އައްޑޫ ސިޓީގެ ވެލި މަގުތައް މަރާމާތުކޮށްގެން އެކުންފުންޏަށް އައްޑޫ ސިޓީ ކައުންސިލުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.
ކައުންސިލުން އެމްއާރްޑީސީ އަށް ފައިސާ ދައްކާފައިވާ ކަން އެމްއާރްޑީސީ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު މައުލޫމާތު ހޯދުމަށް ކައުންސިލަށް ގުޅުމުން "އެފަދަ މައުލޫމާތު ހާމަ ކުރެވޭނީ ރަސްމީކޮށް " ކަމަށް ވަނީ ބުނެފައެވެ.