އިންޑިއާގެ ބަތަލާ ހޫމާ ގްރޭޝީ ލިޔެފައިވާ ވާހަކަ ފޮތެއް ނެރެން ތައްޔާރުވަމުން އަންނަކަން އިއުލާންކޮށްފި އެވެ.
"ގޭންގްސް އޮފް ވަސޭޕޫރް" އާއި "ބަދުލާޕޫރް" އާއި "ޖޯލީ އެލްއެލްބީ 2" ފަދަ ފިލްމުތައް ކުޅެފައިވާ 37 އަހަރުގެ ބަތަލާގެ ފުރަތަމަ ވާހަކަ ފޮތަކީ މި އަހަރުގެ ޑިސެމްބަރު މަހު ނެރެން ހަމަޖެހިފައިވާ ފެންޓަސީ ވާހަކަ "ޒޭބާ: އޭން އެކްސިޑެންޓަލް ސުޕަހީރޯ" އެވެ.
ވާހަކައިގެ ބޭރުގަނޑުގެ ކަވަރާ އެކީ މީގެ ވާހަކަ އިންސްޓަގްރާމްގައި ހިއްސާކޮށް ހޫމާ ބުނީ އޭނަގެ އަލަތު ވާހަކަ ކިޔުންތެރިންނަށް ގެނެސްދެނީ ޕަބްލިޝިން ހައުސް ހާޕާ ކޮލިންސް އާއި އަ ސުއިޓަލް އެޖެންސީއާ ގުޅިގެން ކަމަށެވެ. ބޮލީވުޑުން އަދި މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ހޫމާ ބުނި ގޮތުގައި އޭނަގެ "ޒޭބާ: އޭން އެކްސިޑެންޓަލް ސުޕަހީރޯ" އަކީ ދެ އަހަރު ދުވަހުގެ މަސައްކަތް ކަމަށެވެ.
އޭނަ ބުނި ގޮތުގައި ލިޔުންތެރިއެއްގެ ގޮތުގައި ކިޔުންތެރިންގެ ހިޔާލާ ކުޅެން ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ.
ހޫމާ އަކީ އެކްޓަރު ސާގިބް ސަލީމްގެ ދައްތަ އެވެ. ހޫމާގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ޒީ5 އިން ޕްރީމިއާކުރި ބައޮގްރަފިކަލް ޑްރާމާ "ތަރުލާ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ "ޕޫޖާ މޭރީ ޖާން" އެވެ.