Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

ހުޅުމީދޫގައި ޓްރެފިކް އޮޕަަރޭޝަނެއް ކުރިއަށް ގެންގޮސްފި

އައްޑޫ ސިޓީގައި ފުލުހުން ޓްރެފިކް އޮޕަރޭޝަނެއްގައި ހަރަކާތް ތެރި ވަނީ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤުސަދުގައި އައްޑޫސިޓީ ހުޅުމީދޫގައި ޓްރެފިކް އޮޕަަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ފެބްރުއަރީ މަހުގެ ސަތާރަވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަންގައި ވަނީ ހުޅުމީދުގެ އެކި ސަރަހައްދުތަކުގައި ވީސީޕީ ޖަހައިގެން 48 އުޅަނދު ބަލާފާސްކޮށްފައެވެ.

އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ހިލާފުވެގެން ދެ ފަރާތަކާއިމެދު ވަނީ ފިޔަވަޅު އަޅާފައެވެ.

ފުލުހުން ބުނީ އެފަދަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، ހުޅުމީދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި އެރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށެވެ.