Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

"ހަމަ އެކަނި އެމްޑީޕީ ކިޔާތަން ފެންނަން ބޭނުން "

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފް. ފޮޓޯ: ހަވީރު

މުސްތަގުބަލުގައި ޖޭޕީ ، އެމްޑީޕީ ކިޔުމުގެ ބަދަލުގައި ހަމަ އެކަނި އެމްޑީޕީ ކިޔާތަން ފެންނަން ބޭނުން ކަމަށް އައްޑޫ ސިޓީ މަރަދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އިން ގުޅިގެން ކުރިއަށް ގެންދާ "ޤާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" މަގުމަތީ ހަރަކާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި ގާނޫނު އަސާސީގެ އަސާސީ ހައްގުތަކަށް ބަދަލު ނުގެނެވޭނެ ކަމަށާއި އެއީ ކަނޑައެޅިގެން އުސޫލްތަކާއި ޚިލާފްކަމެއް ކަމަށެވެ.

" އަޅުގަނޑުމެން ފުލުހުން ކޮށްދެއްވާ ޚިދުމަތް ފާހަގަ ކުރަން. އަދި ފުލުހުންނާ ސިފައިންނާ އަޅުގަނޑުމެން ދެކޮޅެއް ވެސް ނޫން" މަރަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.