Last Updated: August 15, 10:30
Friday, August 15, 2025
ޚަބަރު

ދެވަނަ ބުރަށް ޖޭޕީން މިއަދު ގޮތެއް ނިންމަނީ

ޖޭޕީ ލީޑަރު ޤާސިމް އިބްރާހިމް- ފޮޓޯ: ޖޭޕީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލުކުރާނެ ގޮތެއް ނިންމުމަށް މިއަދު ކައުންސިލް ބައްދަލުވުން ބޭއްވުމަށް ނިންމައިފިއެވެ.

ޖޭޕީގެ ކައުންސިލް ބައްދަލުވުން ބާއްވަން މިއަދު ނިންމާފައިވަނީ މެންދުރު 01:00 ގައެވެ.

މި ބައްދަލުވުމުގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީގެ ފަރާތުން އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން ހިމެނެއެވެ.

ކޯލިޝަން ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެ ދުވަސް ވަންދެން ޤާސިމް އިބްރާހިމާއެކު ސަން އައިލެންޑްގައި މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ޖޭޕީއާއި ޕީޕީއެމްއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިނުވާކަމަށްވެސް އަޑުވަނީ ފެތުރިފައެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެންޑިޑޭޓް ޤާސިމް އިބްރާހިމަށް ލިބުނީ 5460 ވޯޓާއެކު 2.47 ޕަސެންޓެވެ.