ހުޅުމާލެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ހުޅުމާލެ އުނިގަސް މަގުގައި މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:02 ގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނެފައިވަނީ މި މީހާއަކީ ބިދޭސީއެއް ކަމަށާއި އަދި މިއީ ޖޮގިންއަށް ނުކުމެ އުޅުން މީހެއް ކަމަށް ބެލެވޭކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.