Last Updated: June 15, 06:14
Monday, June 15, 2026
ޚަބަރު

އެކްސިޑެންޓެއްގައި ސޯލާ ޕެނަލްތަކަށް ގެއްލުންވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި އެތަނުގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތަކަކަށް ގެއްލުންވެއްޖެ އެވެ.

މިއަދު ހެނދުނު 7:00 އެހާކަށްހާ އިރު ހިނގި މި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ދަތުރުކުރި ޓެކްސީއެއް ސޯލާ ޕެނަލްތަކުގައި ޖެހުނީ ކޮންޓްރޯލުން ނައްޓާލައިގެން ގޮހެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ކާރާއި އަށާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެ އެވެ.

މި ސޯލާ ޕެނެލްތަކަށް އެކްސިޑެންޓްގައި ގެއްލުންވި އިރު، އެ އެއްޗެހި ހުރީ އިންޝުއަރެންސްކޮށްފަ އެވެ.