Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ގަމުގައި އެކްސިޑެންޓެއް ހިނގައިފި

ސ.ގަމުގައި މިއަދު ހިނގި އެކްސިޑެންޓް. ފޮޓޯ: މަރަދޫ ކަބަރަ ކޮމިއުނިޓީ އެފްބީ ގްރޫޕް

ސ.ގަމުގައި ކާރަކާއި ވޭނެއް އެކްސިޑެންޓްވެއްޖެއެވެ.

އައްޑޫ ލައިވަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަމުގައި ކުރިން ހިންގި ޕޯސްޓް އޮފީސް ހުންނަ ސަރަޙައްދުގައި ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުވި ނަމަވެސް ދެ ވެހިކަލަށް ވެސް ވަނީ ގެއްލުން ވެފައެވެ.

" ޕޯސްޓް އޮފީސް ކުރިމަތީގައި އޮންނަ ވަޅުގަނޑުން ނައްޓާލަން އުޅުމުގެ ތެރޭގައި އެކްސިޑެންޓް މި ހިނގީ. ކީކޭތޯ ބުނާނީ ބާރަށް ދުއްވެނީ ހަމަ." ގަމުގައި ފިހާރައެއްގައި މަސައްކަތް ކުރާ މީހަކު ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގި އިރު ކާރާއި ވޭނު ދުއްވަން ތިބި މީހުންގެ އަތުގައި ލައިސަންސް އޮތް ކަމަށް ގަން ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވައެވެ.