ޕީޕީއެމްގެ ފަރާތުން މާލޭގައި ބާއްވާ ޖަލްސާގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން ޕީޕީއެމް ގިނަ މެންބަރުންތަކެއް މީގެ ކުޑަ އިރުކޮޅެއް ކުރިން މެގަ މޯލްޑިވްސްގެ ފްލައިޓެއްގައި މާލެ އަށް ފުރައިފިއެވެ.
އެއާރޕޯޓްގެ މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި ޗާޓަރ ކޮށްފައިވާ ފްލައިޓުން 150 އަށް ވުރެ ގިނަ މީހުން މާލެ ދިއުމަށް ފުރާފައިވެއެވެ. އަދި އޭގެ އިތުރުން އިއްޔެގެ ވަގުތު ތަކުގައި ވެސް މޯލްޑިވިއަންގެ ފްލައިޓް ތަކުގައި ޕީޕީއެމް ގެ ގިނަ މެންބަރުންތަކެއް ފުރިކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން ވެސް މާލޭގައި ބާއްވާ ސިޔާސީ ޕާޓީ ތަކުގެ ޖަލްސާ ތަކަށް ޗާޓަރ ފްލައިޓްތަކުގައި އައްޑޫގެ ރައްޔިތުން ގޮސްފައިވާ ކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި ޕީޕީއެމް ގެ އިތުރުން އެމްޑީޕީ އާއި ޖޭޕީ ގެ ޖަލްސާތައް ވެސް ހިމެނެއެވެ.