Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

ރާއްޖެ، ޗައިނާ ގުޅުން ގޯސްވާފަދަ ދޮގު ވާހަކަ ފަތުވާ މައްސަލަ ބަލައިދޭން އެދެފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާ ޗައިނާއާ ދެމެދު އޮތް ގުޅުން ގޯސްވާފަދަ ވާހަކަ ނުދެއްކުމަށް ޗައިނާ އެމްބަސީން ގޮވާލައިފިއެވެ.

ޗައިނާ އެމްބަސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދެގައުމުގެ ގުޅުމަށް ބުރުއެރުވުމަށް، ޗައިނާއާ ގުޅުވާ ހަގީގަތާ ހިލާފު ވާހަކަތަކެއް ބައެއް ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ.

އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމަކީ ޗައިނާއިން އަބަދުވެސް އަމަލުކުރާ ޕޮލިސީކަން ފާހަގަކޮށް ޗައިނާ އެމްބަސީން ބުނެފައިވަނީ ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަކީ އިގްތިސާދީ އަދި އިޖްތިމާއީ ގޮތުން ކުރިއެރުންތައް ގެނައުމަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވަމުންދާކަމަށެވެ.

ޗައިނާ އެމްބަސީން ބުނެފައިވަނީ ދޮގު ވާހަކަތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި ޗައިނާއާމެދު އޮތް ތަސައްވަރު ބަދަލުނުކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި މިފަދަ ދޮގު ވާހަކަތައް ތަހުގީގުކޮށްދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އަދި ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގާތްގުޅުމަށް ބުރޫ އެރުވުމަށް ކުރާ މަސައްކަތް ފެއިލްވާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޗައިނާ އެމްބަސީން މިފަދަ ބަޔާނެއް ނެރެފައިވާއިރު އިންޑިއާ އެމްބަސީންވެސް ވަނީ އިންޑިއާއާ ގުޅުވާ ދޮގު ވާހަކަ ފަތުރާ މައްސަލަ ބަލައިދޭން އެދިފައެވެ.