Last Updated: July 24, 18:15
Friday, July 24, 2026
ޚަބަރު

"3އެސް ލައުންޖް" ހުޅުވުން 25 ގައި

ކޮފީ އަށް ހާއްސަ ކޮށްގެން ސ.ފޭދޫގައި ހަދާފައިވާ "3އެސް ލައުންޖް" މި މަހުގެ 25 ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.

ހިތަދޫގެ އިތުރުން ފޭދޫގައި ސްޕަމާޓްގެ ވިޔަފާރި ކުރަމުންދާ 3އެސް ގްރޫޕުން ހުޅުވާ 3އެސް ލައުންޖް ހަދާފައި ވަނީ ފޭދޫ ބަނދަރު މަތީގައި ހުންނަ 3 އެސް ސްޕަމާޓާ ގުޅުވައިގެންނެވެ.

އިންޑޯ އާއި އައުޓް ޑޯ ބަޔަކާ އެކުގައި ތައްޔާރުކޮށްފައިވާ މި ތަނުން ތައްޔާރު ކުރާ ބައެއް ބާވަތްތައް ބައެއް ފަރާތްތަކަށް ޕްރީ އޯޕަނިންގެ ގޮތުގައި މި ދުވަސްކޮޅު ޓެސްޓް ކުރުމުގެ ފުރުސަތު ވެސް އަންނަނީ ދެމުންނެވެ.