Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ހުޅުމީދޫ ފެނަކަ ޑިރެކްޓަރުގެ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް!

ހުޅުމީދޫގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރ ހުސެއިން މުފީދު ދުއްވާ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިތުބާރު ހުރިގޮތަކަށް "އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހުސެއިން މުފީދު ދުއްވާ ސައިކަލް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައިވަނީ، އެސައިކަލަކީ ވަގު ސައިކަލެއް ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެންނެވެ.

P4194 ނަންބަރު ސައިކަލް ފުލުހުންގެ ބެލުމުގެ ދަށައް މިހާރު ގެންގޮސްފައިވާ އިރު މި މައްސަލަ ފުލުހުންގެ ސަމާލް ކަމަށް ގެނެސްފައިވަނީ ސައިކަލްގެ ވެރިފަރާތުން ކަމަށް މައުލޫމާތު ލިބެއެވެ.

މިކަމާއި ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ހުސެއިން މުފީދަކީ ނިމިގެން ދިޔަ ކައުންސިލް އިންތިހާބްގައި ޖުމްހުރީ ޕާޓީގެ ފަރާތުން ހުޅުމީދޫ ކައުންސިލަށް ކުރިމަތިލައި ނާކާމިޔާބްވި މީހެކެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑިރެކްޓަރަކަށް ހަމަޖައްސާފައިވަނީ ޖުމްހުރީ ޕާޓީގެ ސޮލޮޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.