ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަލުން އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގެންފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ދޮގު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ އާއި ގުޅުނު ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ.
Alhugadu MDP ah gulhunukamah fathuramundhaa vaahaka akee kan’daelhigen dhogeh
— Mohamed Nasheed (@MohamedNasheed) September 17, 2023
އެމަނިކުފާނު އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ކަމަށް ނޫހެއްގައި ރިޕޯޓު ކޮށްފައިވާއިރު، އެ ޙަބަރުގައި ރައީސް ސާލިހު ރިޔާސީ ދެވަނަ ދައުރަކަށް ފަހު ރިޓަޔަރ ކުރެއްވުމުން އެމްޑީޕީގެ ކުރިމަގު ބައްޓަން ކުރުމަށް އެމަނިކުފާނު އެމްޑީޕީ އާއި ގުޅިވަޑައިގަންނަވާނެ ކަމަށް ވަނީ ބުނެފައެވެ. އަދި ޑިމޮކްރެސީ އާއި ދުރު ހަރުކަށިކަން އެނބުރި އައުމަށް އެމަނިކުފާނުވެސް ރުހި ވަޑައި ނުގަންނަވާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިއަހަރު ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ އެމަނިކުފާނު އިސްވެ ހުންނަވާ އަލަށް އުފެއްދި ދަ ޑިމޮކްރެޓްސް ޕާޓީ ރެޖިސްޓްރީވެ އެ ޕާޓީއާއި ގުޅުމަށެވެ. އޭރު އެމަނިކުފާނާއި މިހާރުގެ ރައީސް، ރައީސް ސާލިހާއި ދެމެދު އޮތީ ގުޅުން ވަރަށް ބޮޑަށް ގޯސް ވެފައެވެ.