Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ޓީވީއެމް ނަސްރު ވަޒީފާއިން ވަކިކޮށްފި

ސާދަ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ޓީވީ މޯލްޑިވްސްގެ އައްޑޫ ބިއުރޯގެ ނިވްސް ކާސްޓަރެއްގެ ގޮތުން މަސައްކަތް ކުރެއްވި ނަސްރުއްﷲ ހާދީ ވަޒީފާއިން ވަކިކޮށްފިއެވެ.

މި މަހުގެ 19 ވަނަ ދުވަހު، ނަސްރު ވަޒީފާއިން ވަކިކުރި ލިއުމުގައި ބުނެފައިވަނީ، އޭނާ އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ ޓީވީ މޯލްޑިވްސް ހިނގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން އަށް އިތުރު ގެއްލުން ތަކެއް ވެދާނެތީ، ވަޒީފާއާއި ބެހޭ ގާނޫންގެ 25 ވަނަ މާއްދާއަށް ރިޔާއަށް ކޮށް 2 މަސް ދުވަހުގެ މުސާރަ އާއި އެލެވެންސާއި އެކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.
nasru letter
ނަމަވެސް ނަސްރު ވިދާޅުވީ އެފައިސާ އަދި އޭނާއަށް ދީފައި ނުވާ ކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓީވީ މޯލްޑީވްސްއިން ހިންގަމުން އައި މީޑިއާ ސެންޓަރު ބަންދުކުރުމަށްފަހު ނަސްރު މަސައްކަތް ކޮށްފައިވަނީ އޭނާގެ އަންހެނުންގެ ތެރޭގައި ތަންކޮޅެއް ހަދައިގެންނެވެ. އަދި ތަފާތު ފަހަރު މަތިން މަސައްކަތް ކުރާނެ އޮފީހެއް ހޯދައި ދިނުމަށް ކަމާއި ބެހޭ ފަރާތްތަކަށް ނަސްރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް އެއިން ކަމަކަށް އެމްބީސީއިން އިޖާބަދީފައި ނުވެއެވެ.

ނަސްރު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަމިއްލަ ހަރަދުގައި ދައުލަތުގެ މީޑިއާ ހިންގުމަށް އޭނާ ދެކޮޅު ހެދުމާއި ގުޅިގެންނެވެ.

ކުރިން ދައުލަތުގެ މީޑިއާއިން އަތޮޅު ތަކުގައި މީޑިއާ ސެންޓަރު ހަދައިގެން ހަބަރު ފޮނުވި ނަމަވެސް މިހާރު އެމަސައްކަތް ްެކުންފުނިން ވަނީ ހުއްޓާލާފައެވެ.