Last Updated: August 15, 06:13
Friday, August 15, 2025
ޚަބަރު

އެމްޑީޕީ މެންބަރުން ކުޑަދަށުގައި، ތަޅުމަށްވަނުމަށް އިއުތިރާޒު ކުރޭ

ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށިފައި-

އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުން ޖަލްސާއަށް ނުވަންވާތީ ކޯރަމް ހަމަނުވެ މަޖިލީހުގެ ޖަލްސާ ނުފެށި ގިނަ އިރުތަކެއް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ 09:00 އަށް އެޖެންޑާ ކޮށްފައިއޮތްއިރު އެ ޖަލްސާ ނުފެށިފައިވަނީ ކޯރަމް ހަމަނުވެގެންނެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގިނަ މެންބަރުން މަޖިލީހުގެ ކުޑަދޮށުގައި ތިބި ކަމަށާއި، އެ މެންބަރުން ތަޅުމަށް ހާޒިރުނުވާ ސަބަބެއް ސާފުނުވާ ކަމަށެވެ.

"[އެމްޑީޕީގެ] އިއްޒަތްތެރި މެންބަރުން އަދިވެސް އެބަ އިއުތިރާޒު ކުރައްވާ މަޖިލީހުގެ ތަޅުމަށް ވެދެވަޑައިގަތުމަށް. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް އެބަތިއްބެވި ކުޑަދޮށުގައި. އަޅުގަނޑު އަނެއްކާވެސް މަސައްކަތްކުރާނަން، އެބޭފުޅުންނާ ވާހަކަދައްކައިގެން އަޅުގަނޑުމެނަށް މަޖިލިސް ފެށޭނެ ގޮތެއް އޮތްތޯ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމަށް ނުވަންނަ ސަބަބު ވިދާޅުނުވާކަމަށެވެ.

މަޖިލިސް ނުފެށި ގަޑިއެއްހާރިު ލަސްވެފައިވަނީ ކޯރަމް ހަމަނުވެގެންނެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާ ފެށެނީ 22 މެންބަރުން ހާޒިރުވުމުންނެވެ.