Last Updated: July 24, 18:15
Friday, July 24, 2026
ސިޔާސީ

ބޮޑު އެއްވުމުގައި ބޭނުންކުރާ ޕޯސްޓަރު އާންމު ކޮށްފި

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖުމްހޫރީޕާޓީ އިން މިމަހުގެ 27 ވަނަ ދުވަހު އޮންނަ ބޮޑު އެއްވުމުގައި ބޭނުން ކުރާ ޕޯސްޓަރު އާއްމު ކޮށްފިއެވެ. އެމްޑީޕީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ޕޯސްޓަރުގައި ހިމެނޭ މަންޒަރު ބެނާތަކާއި ޑިސްޕްލޭ ފޮޓޯއެއް ގޮތުގައި ބޭނުން ކުރެވޭނެއެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އާއި ޖުމްހޫރީޕާޓީ އިން މިހާރު ފަށައިވާ ހަރަކާތް ތަކުގެ ދަށުން ބާއްވަން ނިންމައިފައިވާ ބޮޑު އެއްވުމަކީ އަތޮޅުތެރޭގެ ރައްޔިތުން މާލެ ގެނެސްގެން ބޭއްވުމަށް ރާވައިފައިވާ އެއްވުމެކެވެ.

ޖުމްހޫރީޕާޓީ އާއި އެމްޑީޕީ އިން ބުނެފައިވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ މަސަކަތް ކުރެވޭ އިރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ހޯދާނެ ކަމަށެވެ.