Last Updated: August 13, 22:44
Wednesday, August 13, 2025
ޚަބަރު

4 ގަޑިއިރު ފަހުންވެސް ކޯރަމް ހަމަނުވި، ޖަލްސާ ނުބޭއްވުނު

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ކޯރަމް ހަމަނުވުމުން މިއަދުގެ ޖަލްސާ ނުބޭއްވުނެވެ.

ހެނދުނު 09:00 އަށް ތާވަލުކުރި ޖަލްސާ ނުފެށި ލަސްވީ ކޯރަމް ހަމަނުވުމުންނެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް ހާޒިރުވި ކަމަށާއި އެހެންނަމަވެސް ޖަލްސާއަށް ވަޑައިނުގެން ކުޑަދަށުގައި ތިއްބެވި ކަމަށެވެ.

ހަތަރު ގަޑިއިރުފަހުން މެންދުރު 01:00 ގައި ވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ކޯރަމަ ހަމަނުވާތީ ޖަލްސާ ކުރިއަށް ނުގެންދެވި ވަނީ ނިންމާލާފައެވެ. ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ މާދަމާ ވެސް ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ އިދިކޮޅުގެ ގަރާރުތައް އެޖެންޑާގައި ހިމަނާފައިއޮތުމެވެ. އެހެންނަމަވެސް ރައިސް ނަޝީދު ވިދާޅުވެފައިވަނީ އެޖެންޑާގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.