Last Updated: May 17, 13:49
Saturday, May 17, 2025
ޚަބަރު

އޮކްސިޖަން ހުސްވެގެން މީހަކު މަރެއް ނުވޭ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް.، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން އެއްވެސް ގޮތަކަށް އޮކްސިޖަން ހުސްވެފައި ނުވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އޭއީއެޗްއިން އޮކްސިޖަން ހުސްވި ކަމަށް ބުނެ ސޯޝަލް މީސްމިޑީއާގައި މިވަގުތު ދަނީ ދައުރުވަމުންނެވެ. އެގޮތުން އޮކްސިޖަން ހުސްވެގެން ނުދެވި، ހޮސްޕިޓަލަށް ގެންދިޔަ ޒުވާނެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިމައްސަލާގައި "އައްޑޫލައިވް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭއީއެޗްގެ އޮފިޝަލަކު ވިދާޅުވީ، ހޮސްޕިޓަލަކީ އޮކްސިޖަން ޕްލާންޓެއް ޤާއިމްވެ ކޮންމެ އެނދަކަށް ސީދާ އޮކްސިޖަން ގުޅޭ ގޮތަށް ޤާއިމް ވެފައިވާ ހޮސްޕިޓަލެއް ކަމަށެވެ.

އޭއީއެޗްއިން ބުނީ ޕްލާންޓަށް މައްސަލައެއް ދިމާނުވާ ކަމަށާއި އަދި އެއްވެސް ބަލިމީހަކަށް އޮކްސިޖަން ލިބުމުގައި ދަތިތަކެއް ކުރިމަތި ނުވާ ކަމަށެވެ. ސެންޓްރަލް އޮކްސިޖަން ސިސްޓަމްގެ އިތުރުން ބެކަޕް އޮކްސިޖަން ބޭންކެއްވެސް ހޮސްޕިޓަލުގައި ހުރިކަން އޭއީއެޗްއިން ފާހަގަ ކުރެއެވެ.

މިމައްސަލާގައި ނިޔާވި ބަލިމީހާއި ގުޅޭގޮތުން ސުވާލު ކުރުމުން އޭއިޗްއިން ވަނީ، އެކަމާއި ގުޅޭގޮތުން ހޮސްޕިޓަލުން މިވަގުތު އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައެވެ.

އޭއީއެޗްއިން މިމައްސަލާގައި ނެރުނު ބަޔާނުގައި ބުނީ، ހޮސްޕިޓަލާއި ގުޅޭގޮތުން ރައްޔިތުންގެ މެދުގައި އިތުބާރު ގެއްލޭ ގޮތަށް ޙަބަރު ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.