އާއިލާއަށް ހަބަރެއް ނުވާތީ މާލެއިން ގެއްލިގެން ރިޕޯޓް ކުރި ޒުވާނާ މިހާރު އާއިލާއަށް ގުޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އއ. މާޅޮސް / ހުސްނޫވިލާ، ޢަލީ ރިޝާން (21އ) ކަމަށެވެ. އެނާ މިހާރު އާއިލާއަށް ގުޅާފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.
ރިޝާން ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. ރިޝާން މިހާރު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ގާތްގަނޑަކަށް ދެހަފުތާ ކުރިން ކަމަށް އޭނާގެ އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އައީލާއަށް ޙަބަރެއް ނުވެ ގިނަ ދުވަސްތަކެއް ވުމުން، މިފަހަކަށް އައިސް ފުލުހަށް ރިޕޯޓް ކުރާ މިންވަރު ދަނީ އިތުރުވަމުންނެވެ. މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައެވެ. މީގެ ކުރިންވެސް މިގޮތަށް ގެއްލިގެން ރިޕޯޓް ކޮށްފައިވާ މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.