Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ކުރީގެ ޕޮލިސް ސްޓޭޝަން ކުރިމަތިން ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިރޭ 9:40 ހާއިރު ހިނގި މި ހާދިސާގައި 4 މީހަކަށް އަނިޔާވެގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްވަނީ ފަރުވާ ދޭން ފަށާފައެވެ.

އަދި މީހުންގެ ހާލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ އާއި ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ، މައްސަލަ ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.