Last Updated: June 8, 10:34
Monday, June 8, 2026
ސިޔާސީ

"ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުވާން ޖެހޭ"

ރޭގެ މުޒާހަރާގައި ޑރ.ޑީޑީ ވާހަކަ ދައަކަވަނީ. ފޮޓޯ. ރާއްޖެ އެމްވީ

ރާއްޖޭގައި ކުރިއަށްދާ މައިނޯރިޓީ ސަރުކާރަކީ ޤާނޫނު އަސާސީގެ ރޫހާއި ހިލާފަށް އުފެދިފައިވާ ސަރުކާރެއް ކަމަށާއި ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލުވާންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އަދި ޖޭޕީގެ ކަންމަތީ ބައްދަލުވުމުގައި ފުރަތަމަ ފަހަރަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޑރ.ޑީޑީ ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައި މިއޮތީ މައިނޯރިޓީ ސަރުކާރެއް ކަމަށާއި އެހެންކަމުން ރައްޔިތުންގެ ތާއީދެއް ނެތް ސަރުކާރު ބަދަލުވާން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ތިބި ނިކަމެތިކަމުން އަރައިގަންނަން އެބަޖެހޭ ކަމަށާއި އެގޮތުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ 50 އިންސައްތަ އައުލަބިއްޔަތު އޮންނަ ސަރުކާރެއް އޮންނަން ޖެހޭ ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.

"މިއަދު ރައްޔިތުން އެބަ ބޭނުންވޭ ރައްޔިތުންގެ އަގުލަބިއްޔަތު އޮންނަ ސަރުކާރެއް. އެހެންކަމުން އަވަސް އިންތިހާބެއް ވަރަށް އަވަހަށް ބާއްވަން ޖެހޭ" ކުރިން އެމްޑީޕީގެ ރައީސް ކަން ވެސް ކޮށްފައިވާ ބޭފުޅާ ވިދާޅުވިއެވެ.