Last Updated: June 13, 10:19
Saturday, June 13, 2026
ޚަބަރު

ސިވިލް ކޯޓްގެ އިސް ގާޒީ އަވަހާރަވެއްޖެ

ސިވިލް ކޯޓުގެ އިސްގާޒީ އަހުމަދު ނިމާލް ޖުނައިދު އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 36 އަހަރުގެ ގާޒީ އަށް ހާޓްއެޓޭކެއް ޖެހިވަޑައިގެން އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ. އޭނަގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

ގއ. މާމެމްދު އަށް ނިސްބަތްވާ ނިމާލް ސިވިލް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރީ މިދިޔަ މާޗް މަހު އެވެ.