Last Updated: August 13, 11:59
Wednesday, August 13, 2025
ޚަބަރު

ކޯރަމް ހަމަނުވާތީ ނިޒާމީ ވޯޓާގުޅޭ ގަރާރު ކުރިއަށް ނުގެންދެވިފައި

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދިއުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަނުވާތީ މަޖިލިސް ނުފެށި ލަސްވެއްޖެއެވެ.

މިދިޔަ ހޯމަ ދުވަހު ކޯރަމް ހަމަނުވުމުން މަޖިލީހުގެ ޖަލްސާ އެއްވެސް ގޮތަކަށް ނުބޭއްވުނެވެ. އެހެންނަމަވެސް އިއްޔަ ވަނީ ކޯރަމް ހަމަކުރުމަށްފަހު 10:00 ގައި ޖަލްސާ ފަށާފައެވެ.

މިއަދު މަޖިލީހުގައި އޮތީ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުންކަމަށްވީއިރު، މުޅި މަޖިލީހުގެ ކޮމިޓީ ކުރިއަށް ގެންދިއުމަށް ބޭނުންވާވަރަށް މެންބަރުން ހާޒިރުވެފައެއް ނުވެއެވެ. އެގޮތުން މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދިއުމަށް 29 މެންބަރުން ތަޅުމަށް ހާޒިރުވެ ތިބެންޖެހޭއިރު، ހާޒިރުވެތިބީ 18 މެންބަރުންނެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޕާލިމެންޓަރޫ ގްރޫޕުގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެވެމުންދާކަމަށާއި، މަޝްވަރާކުރެވެނީ މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނެތޯ ނުވަތަ ނޫންތޯއާ ގުޅޭގޮތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީފެ މަސައްކަތް މިއަދު ފަށާއިރު މި ކޮމިޓީގައި މިއަދު ކުރަންއޮތީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅާ ޤަރާރުގެ މަސައްކަތެވެ.