އައްޑޫ ހިތަދޫގައި ހަދާފައިވާ "ސިޓީ ބާޒާރު" އިން ޖާގަތައް ކުއްޔަށް ދޫކުރަން އިއުލާންކޮށްފި އެވެ.
ތަފާތު އެކި ކަހަލަ ވިޔަފާރިތައް ހިންގަން ޝައުގުވެރިވާ މީހުންނަށް ކުއްޔަށް ޖާގަތައް ދޫކުރަން ހަދާފައިވާ ތަނުން މި ފަހަރު ކުއްޔަށް ދޭން އިއުލާންކޮށްފައި ވަނީ ފިހާރަ ނަމްބަރު ދޭކާއި ތިނެއްގެ އިތުރުން ފިހާރަ ނަމްބަރު ފަހެކެވެ.
މި ޖާގަތައް ކުއްޔަށް ނަގަން ޝައުގުވެރިވާ ފަރާތްތަކަށް މާދަމާ ހެނދުނު ހެނދުނު 10:00 ގައި ސިޓީ "ސިޓީ ބާޒާޒު" ގައި މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންނާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 28 ގެ ހެނދުނު 10:00 ގެ ކުރިންނެވެ.
މިކަމަށް ހާއްސަކޮށްފައިވާ ކައުންސިލް އިދާރާއިންނާއި ކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.
"ސިޓީ ބާޒާރު" އަކީ އައްޑޫ ކައުންސިލާއި ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަސް ގުޅިގެން ވުޖޫދަށް ގެނައި ތަނެކެވެ. މިތަނުން އެންމެ ފުރަތަމަ ވިޔަފާރިތަކަށް ކުއްޔަށް ޖާގަ ދޫކުރަން ފެށީ 2016 ގަ އެވެ. އެގޮތުން "ސިޓީ ބާޒާރު" ގައި 30 ގޮޅީގެ ޖާގަ ހަދާފައިވެ އެވެ.