Last Updated: June 28, 13:55
Sunday, June 28, 2026
ޚަބަރު

އަންދާލި އޮޑިޓް އޮފީސް އަލުން ހަދަނީ

ހިތަދޫގައި ކުރިން ހިންގި އޮޑިޓް އޮފީސް، އަންދާލާފައި ވަނިކޮށް އަލުން މަރާމާތު ކޮށް ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

ދެކުނު ހަތަރު އަތޮޅަށް އަމާޒުކޮށްގެން އޮޑިޓް އޮފީހެއް ހެދުމާއި ގުޅޭ ގޮތުން މިދިޔަ ހަފްތާގައި އޮޑިޓާ ޖެނެރަލް ވަނީ އައްޑޫ ސިޓީ ކައުންސިލާއި މަޝްވަރާކޮށްފައެވެ.

ފެބްރުއަރީ 8، 2012 ވަނަ ދުވަހު، އޮޑިޓް އޮފީސްގެ އިމާރާތް އަންދާލާފައިވަނީ އެތަން ފުލުހުންގެ އެކަމޮޑެޝަނަށް ދޫކޮށްފައި ވަނިކޮށެވެ.

އައްޑޫގެ މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) ވިދާޅުވީ އޮޑިޓް އޮފީސް އިމާރާތް އަންދާލިނަމަވެސް އެތަން މަރާމާތު ކުރުމަށްފަހު ބޭނުން ކުރެވޭނެ ކަމަށް ދާދި ފަހުން އެތަން ސާވޭ ކުރި ހައުސިން މިނިސްޓްރީގެ ޓީމަކުން ބުނެފައިވާ ކަމަށެވެ.