ބަންގި ގޮވުމަށް ފަހު، އޫރު މަސް ކާ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކްގައި އާންމުކުރި މައްސަލައެއްގައި ދައުވާކުރި އިންޑޮނީޝިއާގެ އަންހެނަކު ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެެވެ.
ލީނާ ލުތުފިއަވާތީ (މުކަރްޖީ) ކިޔާ 33 އަހަރުގެ މީހާގެ މައްޗަށް ދީނަށް ފުރައްސާރިކުރިކަމުގެ ދައުވާ އުފުލީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި އާންމުކުރި ވީޑިއޯއާ ގުޅިގެންނެވެ. އޭނަ އެ ވީޑިއޯ އާންމުކުރުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އަބަދު ދޭން ވެސް ގިނަ ބަޔަކު ގޮވާފައިވެ އެވ. ސަބަބަކީ އޫރު މަހަކީ މުސްލިމުން ކެއުން ވެސް ހަރާން އެއްޗަކަށްވުމެވެ.

ލީނާގެ ވީޑިއޯގެ މައްސަލާގައި އޮންޑޮނީޝިއާގެ އުލެމާ ކައުންސިލް އެމްޔޫއައި) އން ވެސް ބުނެފައި ވަނީ އޭނަގެ އަމަލަކީ ކަނޑައެޅިގެން ދިނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ލީނާ ކެއީ ތެލުލާފައި ހުރި އޫރު ހަމެވެ.

މި މައްސަލާގައި އޭނަ ދެ އަހަރަށް ޖަލަށްލާން ހުކުމްކޮށް، 250 މިލިއަން ރުޕިއާ (16،249 ޑޮލަރު) އިން ޕަލެމްބަންގް ޑިސްޓްރިކްޓް ކޯޓުން ޖޫރިމަނާކުރީ އަންގާރަ ދުވަހު ކަމަށް މީޑިއާތަކުން ބުންޏެވެ. ހުކުމާ ގުޅިގެން ލީނާ ބުނީ އޭނަ އަށް އަބަދު ހައްގުވާ ކަމަށް ގަބޫލުކުރާ ކަމަށާއި ކުރެޔުނު އަމަލާ މެދު އާންމުންގެ ކިބައިން މައާފަށް ވެސް އެދޭ ކަމަށެވެ.
އޮންޑޮނީޝިއާ އަކީ ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ.